ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ހަމަޖައްސަވަން އުޅޭކަމަށް ބުނެ މީޑިއާގައި ފެތުރެމުންދަނީ ދޮގު ޚަބަރެއް ކަމަށް ޤާސިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަން ނިންމައިފި ކަމަށެވެ.
އެޚަބަރު ދޮގު ކުރަށްވައި “ރަސް އޮންލައިނަށް” ދެއްވި އިންޓަވިއުގައި ޤާސިމް ވިދާޅުވީ އެއީ އެއްވެސް އަސްލެއްއޮތް ޚަބަރެއް ނޫން ކަމަށާއި އެކަހަލަ ނިންމުމެއް ނެތް ކަމަށެވެ.
ދައުރު ވަމުންދާ ޚަބަރާ ގުޅިގެން ޑރ. ވަޙީދުވެސް ވިދާޅުވީ ޤާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަން އުޅޭކަމަށްބުނެ ފަތުރަނީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
މިފަދަ ޚަބަރެއް ފެތުރެން ފަށާފައިވަނީ ޑރ. ވަހީދުގެ ކުށުގެ ރެކޯޑް ސާފުކުރުމަށް މިއަދު ހުށައެޅުއްވުމާ ގުޅިގެންނެވެ. ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ޑރ. ވަޙީދަކީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ޙާލަތެއްގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކެންޑިޑޭޓް ކަމަށް ބުނާ ޚަބަރުތަކެއްވެސް ދަނީ ދައުރުވަމުންނެވެ.
ނަމަވެސް ޕީޕީއެމާ އެއް ކޯލިޝަނެއްގައި ހިމެނޭ ޕީއެންސީން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވީނަމަވެސް އެމަނިކުފާނުގެ ރަނިންމޭޓެއް މިހާތަނަށް ހަމަޖައްސަވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު