މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގަނެފިއެވެ.

ނާޒިމްގެ ފޯމް އިލެކްޝަނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 11 ޖެހިއިރުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ވިދާޅުވީ ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

“މުޙައްމަދު ނާޒިމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބްލް މުޙައްމަދު ނާޒިމް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ ޤަބޫލު ކޮށްފައި.” އިސްމާޢީލް ޙަބީބު ވިދާޅުވިއެވެ.



ކާނަލް ނާޒިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރަށްވާފައިވާ ޑރ. އަހުމަދު އަދީލް ނަސީރެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އީސީން ބަލައިގެންފައިވަނީ ކާނަލް ނާޒިމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހުށައެޅުއްވުމެވެ.



ކިޔުންތެރިންގެ ހިޔާލު