ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރާނެކަމަށް ޑރ. ޚަލީލް ވިދާޅުވެފައިވާއިރު އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. އެކަމާ ގުޅިގެން އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ސެނެޓުން ވަނީ އެނިންމުން ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.
ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕީޕީއެމްގެ އެތެރޭގެ މަސްރަޙް ހަލަބޮލި ވެފައިވާއިރު މިރޭ ބޭއްވި ލީޑަރޝިޕް ބައްދަލުވުމުގައިވެސް ނިންމާފައިވަނީ އިންތިޚާބުގައި ވާދަ ކުރުމާމެދު ރައީސް ޔާމީން އާއި އިތުރަށް މަޝްވަރާ ކުރުމަށެވެ.
މީގެ ކުރިން ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުޢިއްޒު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ޑރ. މުޢިއްޒުއަކީ އެކޯލިޝަންގެ ޕްލޭން ސީ ކަމަށް ލީޑަރޝިޕްގެ އިސްބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕީޕީއެމްގެ އެތެރޭގައި ހިނގަމުންދާ ކޯޅުންތަކާ ގުޅިގެން ޑރ. ޚަލީލް ވަނީ ޕީޕީއެމްގެ ޢާއްމު މެންބަރުން މާޔޫސް ނުވުމަށް އިލްތިމާސް ކުރަށްވާފައެވެ. އަދި އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓެއްގެ ނަން އޮންނާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަން ކުރެވޭނީ ޕީޕީއެމްގެ ވެރިކަމެއް ޤާއިމު ވެގެން ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ ރައީސް ޔާމިންގެ ކެންޑިޑެސީ ބާތިލު ކުރީ ރަނގަޅަށް ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެކަމަށް ޙުކުމް ކޮށްފައެވެ.
ހަމައެއާއެކު ޕީޕީއެމް ޕީއެންސީގެ ސްޓޭމްޕާއި ލެޓަރހެޑް އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭ ގޮތަށް ފޮރުވާފައިވާކަމުގެ އަޑުތަކެއްވެސް މިރޭ ވަނީ ފެތުރިފައެވެ. ނަމަވެސް ޕީޕީއެމް ކޯލިޝަނުން މިކަމާމެދު ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު މާދަމާ މެންދުރަށް ހަމަވާއިރު ޕީޕީއެމްގެ އެތެރޭގެ މަސްރަޙު ފިނި ނުކުރެވިއްޖެނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވިދާނެކަމުގެ ކަންބޮޑުވުން އެޕާޓީގެ ޢާއްމު މެންބަރުންދަނީ ފާޅު ކުރަމުންނެވެ.

ޕީޕީއެމް/ ޕީއެންސީގެ އަދި ރައީސް ޔާމީންގެ ސަޕޯޓަރުން މާޔޫސް ނުވާތި! މި ކޯލިޝަން އިން ރިޔާސީ އިންތިޚާބު 2023ގައި ވާދަކުރާނެ.
— Dr. Abdulla Khaleel (@abkhaleel) August 6, 2023
ރައީސް ޔާމީން މިނިވަން ކުރެވޭނީ މި ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން.
ސުޕްރީމް ކޯޓުން މިއަދު ވަނީ ރައީސް ޔާމިންގެ ކެންޑިޑެސީ ބާތިލު ކުރީ ރަނގަޅަށް ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެކަމަށް ޙުކުމް ކޮށްފައެވެ.
ހަމައެއާއެކު ޕީޕީއެމް ޕީއެންސީގެ ސްޓޭމްޕާއި ލެޓަރހެޑް އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭ ގޮތަށް ފޮރުވާފައިވާކަމުގެ އަޑުތަކެއްވެސް މިރޭ ވަނީ ފެތުރިފައެވެ. ނަމަވެސް ޕީޕީއެމް ކޯލިޝަނުން މިކަމާމެދު ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު މާދަމާ މެންދުރަށް ހަމަވާއިރު ޕީޕީއެމްގެ އެތެރޭގެ މަސްރަޙު ފިނި ނުކުރެވިއްޖެނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވިދާނެކަމުގެ ކަންބޮޑުވުން އެޕާޓީގެ ޢާއްމު މެންބަރުންދަނީ ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު