މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް ކޯލިޝަނުންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ ކެންޑިޑެސީއާމެދު ޕީޕީއެމްގެ ތެރޭގައި އިއްޔެ ހިނގައިދިޔަ ކޯޅުންތަކަށްފަހު މުޢިއްޒު މިއަދުވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ. ނަމަވެސް މުޢިއްޒާއެކު ފޯމް ހުށައެޅުއްވުމަށް ވަޑައިގެން ލީޑަރޝިޕްގެ ހަމައެކަނި ބޭފުޅަކީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމެވެ.
ޑރ. މުއިއްޒުގެ ރަނިންމޭޓުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.
ޑރ. މުޢިއްޒުގެ ފޯމު ހުށައެޅުއްވުމަށްފަހު އަބްދުއްރަޙީމް ވަނީ ޑރ. މުޢިއްޒަށް ރައީސް ޔާމީންގެ ފުރިހަމަތާޢީދު ދެއްވާފައިވާކަމަށް ވިދާޅުވެ އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައެވެ. އަދި އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް ކޯލިޝަނުންކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.
“މާތް ރަސްކަލާންގެ ތަނަވަސް ރަޙުމަތްފުޅާ، ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއި ލޮބުވެތި ރައްޔިތުންގެ ބުރަމަސައްކަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން.” އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު ވެވަޑައިގަތުމުންނެވެ. ރައީސް ޔާމީންގެ މި މެސެޖާއެކު ޕީޕީއެމް ސެނެޓް ބައްދަލުވުން ހޫނުވެ ހިނގި ހަމަނުޖެހުން ތަކަށްފަހު ވޯޓުން ފާސްވީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށެވެ.
ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދު މެންދުރަށް ހަމަވާއިރު މިހާތަނަށް އީސީން ބަލައިގެންފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ޞާލިޙާއި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމްގެ ކެންޑިޑެސީއެވެ.

މަރުޙަބާ PPM/PNC ގެ ރިޔާސީ ކެނޑިޑޭޓް @MMuizzu އަދި ރަނިންމޭޓް @HucenSembe ޝުކުރިއްޔާ @prz_ymn. މާތްاللہގެ ތަނަވަސް ރަޙުމަތްފުޅާ،ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާ ލޮބުވެތި ރައްޔިތުންގެ ބުރަމަސައްކަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ PPM/PNC އިން #FreePresidentYameen pic.twitter.com/nGP3QNH17A
— Abdul Raheem Abdulla (@Banafsaa) August 7, 2023
ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބު ވެވަޑައިގަތުމުންނެވެ. ރައީސް ޔާމީންގެ މި މެސެޖާއެކު ޕީޕީއެމް ސެނެޓް ބައްދަލުވުން ހޫނުވެ ހިނގި ހަމަނުޖެހުން ތަކަށްފަހު ވޯޓުން ފާސްވީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށެވެ.
ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދު މެންދުރަށް ހަމަވާއިރު މިހާތަނަށް އީސީން ބަލައިގެންފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ޞާލިޙާއި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމްގެ ކެންޑިޑެސީއެވެ.
ކިޔުންތެރިންގެ ހިޔާލު