ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދ. މީދޫއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ޞާލިޙް މިއަދު މީދޫއަށް ވަޑައިގަތުމުން އެ ރަށުގެ ކުދިބޮޑު ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޯލިޝަން ޕާޓްނަރުންވެސް ބައިވެރިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް މިހާތަނަށް ވަނީ ހއ. ށ. ވ އަދި މ އަތޮޅުގެ ހުރިހާ ރަށަކަށާއި ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

ރައީސްގެ ދ. ދަތުރު ނިންމަވާލެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ ހުވަދު އަތޮޅަށެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ބަލައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު