ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ރިޔާސީ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން އީސީއަށް ހުށައަޅުއްވައިފިއެވެ.
ޤާސިމްގެ ކެންޑިޑެސީ ފޯމު ހުށައަޅުއްވާފައިވަނީ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ރަނިންމޭޓް ޑރ. އަމީން އިބްރާހީމްގެ އިތުރުން ޖޭޕީގެ ލީޑާޝިޕްގެ އިސްވެރިންގެ ޙާޟިރުގައެވެ.
ޤާސިމްގެ ކެންޑީޑެސީ ފޯމާއި އީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤެވެ.
ފޯމް ހުށައެޅުއްވުމަށް ޤާސިމް ވަޑައިގެންފައިވަނީ ޖޭޕީގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު ފައިމަގުގައި ހިންގަވާފައެވެ.
“ހާސްކަނޑާލާ ހަމަޖެހޭނެ” ޝިޢާރުގެ ދަށުން ޤާސިމްގެ ކެމްޕޭން ކުރިއަށް ގެންދާއިރު އެޕާޓީއަށް ގިނަ ޢަދަދެއްގެ މެންބަރުން ދަނީ ގުޅެމުންނެވެ.
ރާއްޖޭގެ ސިޔާސީ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ގާސިމް އިބްރާހީމަކީ ރާއްޖޭގެ "ކިންގ މޭކަރ"އެވެ. ކިންގ މޭކަރގެ ލަޤަބް ޤާސިމަށް ލިބިވަޑައިގަތީ މިދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަންނަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު