ރަނިންމޭޓަކަށް މާޒް ސަލީމް ހަމަޖައްސަވައި އުމަރު ނަސީރުގެ ރިޔާސީ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ.

އިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޢުމަރުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު މުހައްމަދު ސަލީމް (މާޒް ސަލީމް) އެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ޢުމަރު ވަނީ ކެންޑިޑެސީ ފޯމާއެކު 2000 އަށްވުރެއް ގިނަ މީހުންގެ ތާޢީދު އޮތްކަމުގެ ލިޔުން އީސީއަށް ހުށައަޅުއްވާފައެވެ.

ޢުމަރު މިހާރުވަނީ ކެމްޕޭންވެސް ފަށްޓަވާފައެވެ. އެގޮތުން ޑޯ ޓު ޑޯ ޙަރަކާތްތައްވެސް ޢުމަރު ގެންދަވަނީ ހިންގަވަމުންނެވެ.

ޢުމަރު ވިދާޅުވެފައިވަނީ މިފަހަރު އިންތިޚާބަށް ކުރިމަތިލެއްވީ ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރުމަށް ނޫން ކަމަށާއި މިއީ ގައުމުގެ މިސްރާބު ބަދަލު ކުރަން ކުރާ މަސައްކަތެއް ކަމަށެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން