ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގަނެފިއެވެ.

ޑރ. މުޢިއްޒުގެ ފޯމް އިލެކްޝަނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، ޕީއެންސީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

“ޑރ. މުޢިއްޒުގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ޑރ. މުޢިއްޒަކީ، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ވަނީ ޤަބޫލު ކޮށްފައި.” އިސްމާޢީލް ޙަބީބު ވިދާޅުވިއެވެ.



ޑރ. މުޢިއްޒުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އީސީން ބަލައިގެންފައިވަނީ ކާނަލް ނާޒިމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިލްޔާސް ލަބީބާއި ޑރ. މުޢިއްޒުގެ ހުށައެޅުއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން