އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި އެވެ.

ފާރިސް ކެންޑިޑެސީ ހުށައެޅުއްވީ 2،662 މީހުންގެ ތާއީދާ އެކުގައެވެ. ފާއިސް ނިސްބަތްވާ އެމްއާރުއެމުން މިއަދު ބުނެފައިވަނީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ފާރިސްވަނީ ޕާޓީ ހިންގެވުން ވަގުތީ ގޮތުން ނާއިބު ރައީސް އައިމިނަތު ނާދިރާއާއި ޙަވާލު ކުރަށްވާފައި ކަމަށެވެ.

ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ވަނީ ހަމަޖައްސަވާފައެވެ.

ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވަނީ އެމަނިކުފާނުގެ ފުރިހަމަ ތާޢީދު ފާރިސަށް އޮތްކަމަށް މިއަދު ވިދާޅުވެފައެވެ.

ފާރިސް އަމިއްލަ ގޮތުން ވާދަކުރަށްވަން ނިންމެވިއިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރްއެމްގައި 3،000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެ ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުގެ އަމުރަކުން ވަނީ ހުއްޓުވާފައެވެ.

ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ވެސް ވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން