ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫގަޅައިގެން މި ނިކުތީ ޑރ. މުޢިއްޒު ހޮވުމަށް ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ބަލައިގެންފައެވެ. ޑރ. މުޢިއްޒުގެ ފޯމް އިލެކްޝަނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނުއެވެ.

އެކަމާ ގުޅިގެން ޣައްސާން މިއަދު ވިދާޅުވީ ރައީސް ޔާމީނަކީ ވައުދު ފުއްދަވާ ރައްޔިތުންދެކެ ލޯބިފުޅުވާ ރައީސެއް ކަމަށެވެ. އަދި ރައީސް ޔާމީނަށްޓަކައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

“މުއިއްޒު އާއި ހުސެއިން މުހައްމަދު ލަތީފު އަކީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް ނިންމަވައިފި. ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫގަޅައިގެން މި ނިކުތީ އެ ދެބޭފުޅުން އިންތިހާބު ކުރަން.“ ޣައްސާން ވިދާޅުވެފައިވެއެވެ.



ރިޔާސީ އިންތިޚާބަށް ގިނަ ޢަދަދެއްގެ ބޭފުޅުން ނަން ހުށައަޅުއްވާފައިވާއިރު މިއަދުގެ ވަގުތެއްގައި އިންތިޚާބަށް ވާދަކުރެއްވޭ ހުރިހާ ބޭފުޅުން ކަށަވަރުވެގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން