ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މޮޅުވާނީ އެމްޑީޕީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މިމޭރުމުން ވިދާޅުވެފައިވަނީ ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕެއިން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި އޮތްތަން ރޭގެ ވަގުތެއްގައި ބަޔަކު ހުޅުޖަހައި އަންދާލުމާ ގުޅިގެންނެވެ.

މޫސަ މިއަދު ވިދާޅުވީ އުފާވެރި އަމާން ރާއްޖެއަކަށް ރައީސް ޞާލިޙް ކުރައްވާ ކެމްޕޭންގެ މަޤްސަދް ޙާސިލްވަމުން ދާކަމަށެވެ. އެގޮތުން އެމްޑީޕީން ނަތީޖާ ދައްކާނީ ޖަދަލު ކުރުމާއި ބަދަލުހިފުމުގެ ތެރެއިން ނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

“އެމްޑީޕީ އަކީ ބަދަލުހިފަން ނުކުންނަ ބައެއްނޫން. ޖަދަލުކުރުމެއްނެތި ކަންނިންމުމަކީ އަޅުގަނޑުމެންގެ އަމާޒު. ހުޅުޖެހިޔަސް ފަހަތުންދުވިޔަސް އިރާދަކުރެއްވިއްޔާ މޮޅުވާނަން.” ރީކޯ ވިދާޅުވިއެވެ.



އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކެމްޕޭނު ދަތުރުގައި މަޑަވެލީގައި ޖަލްސާ ބޭއްވުމަށް ޒީނަތްތެރިކުރި ޖަގަހަ ރޭ ދަންވަރު ބަޔަކުވަނީ ހުޅުޖަހައި އަންދާލާފައެވެ.

އެ ޙާދިސާގައި އެމްޑީޕީ ޖަގަހަވަނީ އަނދާ އަޅިއަށްވެފައެވެ. އެތަނުގައި ހުޅިޖެހިކަމަށް ބެލެވެނީ މެންދަމުން އަލިވެ، 3 ގެ ފަހުންކަމަށް މަޢުލޫމާތުލިބެއެވެ. އަލިފާން ރޯވިކަން އެނގުމާއެކު ފަތިހު ރައްޔިތުންގެބަޔަކު ނުކުމެވަނީ އަލިފާން ނިއްވާލާފައެވެ.

މިމައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުޤީޤުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން