އެމްޑީޕީން ބަދަލު ނުހިފާނެ ކަމަށާއި ވާދަވެރިން އުޅެނީ އެމްޑީޕީ މެންބަރުންގެ ފޯކަސް ގެއްލުވާލަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު މަޑަވެލީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕެއިން ޖަލްސާ ބާއްވަން ތައްޔާރުކޮށްފައި އޮތްތަން ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ހުޅުޖަހައި އަންދާލާފައެވެ.

މަޑަވެލީގައި ބޭއްވި ކެމްޕޭން ޖަލްސާގަައި ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން އިސްކުރާ ބައެއް ނޫންކަމަށެވެ. އަދި މިއީ އިންތިޚާބުތަކުގައި ދިމާވާނެ ކަންތައްތައް ކަމަށާއި އެއީ ފޯކަސް ގެއްލުވާލަން ހިންގާ ޢަމަލުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

“މިކަންކަމަކީ އެމްޑީޕީއަށް ލިބެމުންދާ ތާއީދު ފެނި، ކެމްޕޭން ހުއްޓުވުމަށް ކުރާ ކަންކަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެފަދަ ކަންކަމާމެދު ކަންބޮޑު ނުވުމަށް އެމްޑީޕީ މެމްބަރުންނަށް އިލްތިމާސް ކުރަށްވާފައެވެ. އަދި އެމްޑީޕީން ނަތީޖާ ދައްކާނީ ވޯޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކެމްޕޭނު ދަތުރުގައި މަޑަވެލީގައި ޖަލްސާ ބޭއްވުމަށް ޒީނަތްތެރިކުރި ޖަގަހަ ރޭ ދަންވަރު ބަޔަކުވަނީ ހުޅުޖަހައި އަންދާލާފައެވެ. އެކަމާ ގުޅިގެން މަޑަވެލީގެ ކެމްޕޭން ޖަލްސާ ބާއްވާފައިވަނީ ބޮޑު ގަހެއްގެ ދަށުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން