ބައެއް ކެންޑިޑޭޓުން ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އުޅެނީ ވޯޓުތައް ބައިބައިކޮށްލަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ގދ. ހޯނޑެއްދޫއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ސިޔާސީ ވިސްނުން ތަފާތުވި ނަމަވެސް ޤައުމާއި ރައްޔިތުންގެ ތަރައްޤީއަށް އެއްވެސް ބަޔަކު ހުރަސް އެޅުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެއްވެސް އަމާޒެއް ޕްލޭނެއްނެތި ހަމައެކަނި ވޯޓުތައް ބައިބައި ކޮށްލުމަށް ކުރިމަތިލައިގެން އުޅޭ ކުންޑިޑޭޓުން ތިއްބެވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ރައްޔިތުންނަށް ލިބެން އޮތް ފަސޭހަަތަކަށް ހުރަސްއަޅައިގެން ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ހުރިހާބޭފުޅުންވެސް ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ.

މި ސަރުކާރުގެ ދެވަނަ ދައުރުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށާއި ކޮންމެ ރައްޔިތަކަށްވެސް އަމާން، ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެެވެ.

އެގޮތުން އެކަމަށް ޚާއްސަ ބޭންކެއް ހަދައި ހަ ޕަސެންޓަށްވުރެ ކުޑަ އިންޓަރެސްޓް ރޭޓުގައި ލޯނު ދޫކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން