ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވާ ޢުމަރު ނަސީރާއި އަޙްމަދު ފާރިސް މައުމޫނާއި ޙަސަން ޒަމީލްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގަނެފިއެވެ.

ފާރިސް އާއި ޢުމަރާއި ޒަމީލްގެ ކެންޑިޑެސީ ފޯމް އިލެކްޝަނަށް ހުށައަޅާފައިވަނީ އިއްޔެ ހެނދުނުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އަމިއްލަގޮތުން ކުރިމަތި ލެއްވި އަޙްމަދު ފާރިސް މައުމޫނާއި ޢުމަރު ނަސީރާއި ޙަސަން ޒަމީލްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

އެގޮތުން އެ ތިންބޭފުޅުންގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ދެބޭފުޅުންކަމަށް ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ ޤަބޫލު ކޮށްފައި ކަމަށް އިސްމާޢީލް ޙަބީބު ވިދާޅުވިއެވެ.

ޢުމަރުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު މުހައްމަދު ސަލީމް (މާޒް ސަލީމް) އެވެ. އަދި ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ވަނީ ހަމަޖައްސަވާފައެވެ. ޒަމީލްގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އޭނާގެ އަނބިކަނބަލުންނެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށައެޅުއްވި ބޭފުޅުންގެ ތެރެއިން 8 ބޭފުޅެއްގެ ކެންޑިޑެސީ އީސީން މިހާރުވަނީ ބަލައިގަނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން