ގދ. ރަތަފަންދޫ އާއި އެއަތޮޅު ކެރެއްދޫ ގުޅާލުމަށް ރައީސް ޞާލިޙް ވަޢުދުވެ ވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގދ. ރަތަފަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ޞާލިޙް ވިދާޅުވީ ރަތަފަންދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލު ކުރެއްވުމުގެ ގޮތުން އެރަށާއި ކައިރީގައި އޮންނަ ގދ. ކެރެއްދޫއާ ގުޅާލުމަށް ނިންމާފައިވާ ކަމަށެވެ.

ރަތަފަންދޫން ހިނގާލާފައިދެވޭ ހިސާބުގައި އޮންނަ ކެރެއްދޫ އަކީ 13.5 ހެކްޓަރުގެ ރަށެކެވެ. އެހެންކަމުން ރަތަފަންދޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކެރެއްދޫއާ ގުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދުވަނީ ރަތަފަންދޫ ލިންކް ރޯޑާއި ބޮޑު މަގުގައި ތާރުއަޅާނެ ކަމަށާއި ޔޫތު ސެންޓަރެއް އަޅައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން އެރަށުގައި އާ ސިއްހީ މަރުކަޒެއް އަޅުއްވާނެ ކަމަށާއި މަލްޓިޕާޕަސް ހޯލަކާއި ބަނދަރު ތަރައްގީ ކޮށްދެއްވުމަށް ރައީސް ވަޢުދުވެ ވަޑައިގެންނެވިއެވެ.

ރައީސްގެ މިދަތުރުގައި އެމަނިކުފާނު ވަނީ ރަތަފަންދޫ އާ އިންޖީނުގެ ހުޅުއްވައި ދެއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން