ކުރިއަށް އޮތް ފަސް އަހަރު ޒުވާން ދީނީ ޢިލްމުވެރިން އުފެއްދުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގދ. ނަޑެއްލާ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖެއަކީ ހަމަހަމަ ކަމާއެކު ފުރުސަތުތައް ފަހިވެފައިވާ ޤައުމަކަށް ހަދަންޖެހޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ދެޖިންސުގެ ޢިލްމުވެރިން އުފެއްދުމަކީ އަމާޒެއް ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްއޮތް ފަސްއަހަރުގެ ތެރޭގައި ފިޤުހް އިލްމުގެ އެކަޑަމީއެއް ރާއްޖޭގައި ޤާއިމްކުރަށްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކޮންމެ ދަރިވަރަކަށްވެސް މިސަރުކާރުން ހަމަ ހަމަ ފުރުސަތު ކޮންމެ ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން މި ސަރުކާރުން ތައާރަފްކުރެއްވި ހިލޭ ޑިގްރީ ޕްރޮގްރާމުގައި 18،000 ދަރިވަރުން ބައިވެރިވެ އޭގެތެރެއިން 7،000 ދަރިވަރުން މިހާރު ފުރަތަމަ ޑިގްރީ ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން