ގދ. ވާދޫގައި ސަރަހައްދީ ފެންވަރުގެ ވޮލީ ކޯޓެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ދައުރުގައި ގދ.ވާދޫގެ ބޮޑެތި މަގުތައް ހަދައި، 100 އެނދުގެ ހޮޓަލަކާއި، ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވާދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޞާލިޙް ވަނީ ކުރިއަށް އޮތް 5 އަހަރު އެރަށުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވާދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ނިމުމުން އަންނަ ދައުރުގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށާއި، ސްކޫލާއި ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ގެދޮރުވެރިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންނަށް ހުރި މަޝްރޫޢުތަކަށް އަލިއަޅުވާ ލައްވަމުން ރައީސް ވިދާޅުވީ އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް އަކާއި ސަރަޙައްދީ ފެންވަރުގެ ވޮލީ ކޯޓެއް ތަރައްޤީ ކުރަށްވާނެ ކަމަށެވެ. ހަމައެއާއެކު 100 އެނދުގެ ހޮޓަލެއް ތަރައްގީކޮށް، ފަތާ ސަރަހައްދެއްވެސް ގާއިމުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކުރިޔަށް އޮތް ދައުރުގައި އެންމެ ބޮޑު ބަދަލެއް އަންނާނެ އެއްރަށަށް ވާދޫވާނެ ކަމަށާއި، އެހެންކަމުން އުފާވެރި އަމާންރާއްޖެއަކަށް ދިޔުމަށްޓަކައި އެރަށުގެ ރައްޔިތުން މި ސަރުކާރަށް ވޯޓް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން