އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަކީ ރައީސް ޞާލިޙްގެ އެޖެންޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު ޚިޔާލު ތަފާތުވުންތައް އެއްގޮތްކޮށް އެއް ގަލަކަށް އަރާފައިވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޑރ. މުއިއްޒުގެ ކެމްޕެއިނަށް ނިކުތުމަށް ނިންމާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ ޑރ. މުޢިއްޒަކީ ރައީސް ޞާލިޙްގެ އެޖެންޓެއް ކަމަށެވެ. އަދި ކޯޓުތަކުގައި ހުރި ޑރ.މުޢިއްޒުގެ މައްސަލަތައް ނަގައިދީގެން އޭނާގެ ރެކޯޑް ސާފުކޮށްދިނީ ސަރުކާރުން ކަމަށް އާޒިމް ވަނީ ތުހުމަތު ކުރަށްވާފައެވެ.

"ނޫމަޑި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމަދިނީ. ޕީޕީއެމް ގެ ސެނެޓް މުއިއްޒު ގަތީ އިބްރާހިމް ފައިސާ ދީގެން." އާޒިމް ވިދާޅުވިއެވެ.



އާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަނުން ރޭ ބުނެފައިވަނީ ރައީސް ޔާމީނަށްޓަކައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ޑރ. މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސެޕްޓެމްބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް 8 ބޭފުޅަކު ވާދަ ކުރަށްވާއިރު ކެންޑިޑޭޓުންގެ ކެންޑިޑެސީ ތަރުތީބު ކުރާނީ މިއަދު ހަވީރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން