އަދަބު އަހުލާގު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ނޭރުވުމަށް ދީނީ އިލްމުވެރިޔާ ޝެއިޙް އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝެއިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ ސިޔާސީ ޕޯޑިއަމުގައި ހުއްޓިހުރެ ބޭއަދަބީ ވާހަކަތަކެއްގެ ގޮތުގައި ބެލެވޭ އެއްޗެއް ހަމަ އެ ކޮންޓެކްސްޓް ގައި އަންހެނަކު ކީ އަޑުއަހާފައިވާ ކަމަށެވެ. އެއީ ވަރަށް ދަށުދަރަޖައިގެ ކަންކަން ކަމަށާއި ސިޔާސީ ބައްދަލުވުން ތަކުގައިވެސް ޢާއިލީގޮތުން ގާތް ގިނަ ބަޔަކު ބައިވެރިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.

"އަދަބު އަޚްލާޤު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ވާހަކަ ދައްކަން އެރުވުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން" ޒައިދު ވިދާޅުވިއެވެ.



ޒައިދު މިފަދައިން ވިދާޅުވީ އެމްޑީޕީން ގދ.ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބުރައީސް ޢައިޝަތު ރަފިއްޔާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރުމާއި ގުޅިގެންނެވެ.

ރަފިއްޔާގެ ވާހަކަފުޅާ ގުޅިގެން މީސް މީޑިއާގައި ގިނަބަޔަކު ދަނީ އެވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން