ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވީ ހެޔޮ ނިޔަތުގައި ނޫންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިމޭރުމުން ވިދާޅުވެފައިވާއިރު ޑިމޮކްރެޓުން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރަައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި 273 މީހުން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައިގައި ހަމައެކަނި ރައީސް ޔާމިނަށް ދައުވާކޮށް ޝަރީއަތް ކުރާތީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑަައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެެވެ.

އެކަމާ ގުޅިގެން ސައުދު މިއަދު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމުގެ މުޒާހަރާއަށް ނިކުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ޕީޕީއެމް މެންބަރުންގެ ވޯޓު ހޯއްދެވުމަށް ކަމަށެވެ. އަދި އެއީ އިޚްލާސްތެރި ނިޔަތެއްގައި ދެއްކެވި ވާހަކަފުޅެއް ނޫންކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ރިޔާސީ އިންތިޚާބަށް ޖެހި މަޅިއެއް ކަމަށެވެ. އަދި ހެޔޮ ނިޔަތުގައި އެވާހަކަ ވިދާޅުވާނަމަ މާކުރިން އެކަން ކުރަށްވާނެ ކަމަށް ސަޢުދު ވިދާޅުވިއެވެ.

"ހެޔޮ ނިޔަތެއް ނަމަ މިއަދަކު ނޫން އެކަމަށް ގޮވާލާނީ." ސައުދު ވިދާޅުވިއެވެ.



ރައީސް ނަޝީދު ރޭ ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަަމައުގައިވެސް ރައީސް ޔާމިން މިނިވަން ކުރަން ދަ ޑިމޮކްރެޓުން ގޮވާލާނެކަމަށެވެ. އަދި ބައިނަލްއަގުވާމީ ލޯޔަރުން ވެސް ރާއްޖެގެނެސް ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ނަޝީދު ރޭ ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން، މަގުމަތީގައިވެސް ތިބޭނަން. ރައީސް ޔާމިން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރަށް ޖެހޭނީ ރައީސް ޔާމިން މިހާރުން މިހާރަށް ދޫކޮށްލަން ކަމަށެވެ. އެހެން ވިދާޅުވެ ނަޝީދު ވަނީ ޔާމިން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން