ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގދ. ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ތަންތަން ހުޅުއްވައިދެއްވާފައިވަނީ އެމަނިކުފާނު މިހާރު ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ގދ. ވާދޫ ފެނަކަ އޮފީސް އިމާރާތުގައި ސްޓާފް ރޫމާއި ލޮބީ އަދި ރިސެޕްޝަނާއި ޕޭންޓްރީ، މެނޭޖަރ ރޫމް، އަދި މީޓިންގ ރޫމާއި ގެސްޓްރޫމް ހިމެނޭއިރު މި ތަނަކީ ކުރީގެ އިމާރާތަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެއަކީ ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އަދި ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ. މި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 1840 ކިލޯވޮޓެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ރަށްރަށުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގައި ނިންމާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙް ކޮށްދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރުގެ ސިޔާސަތަކީ ވަކިރަށެއް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށްވެސް ތަރައްޤީ ކަށަވަރުކޮށްދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން