ގއ. މާމެންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން އާރުޑީސީއާ ހަވާލު ކޮށްފިއެވެ.

730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން މާމެންދޫ ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީއަށް ހަވާލު ކޮށްފައިވަނީ 138.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 5.47 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތިޖެހުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ޞާލިޙް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގައި ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަން ވަނީ އިޢުލާނު ކުރަށްވާފައެވެ.

މާމެންދޫ މަގުތަކުގައި ތާރުއެޅުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިހާދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން