މާލޭގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި އަންހެނެއްގެ ހަށިގަނޑުގެ 18 އިންސައްތަ ފިހިއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ އުނދުނަކުން ގޭސް ލީކުވުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ 20 އަހަރުގެ އަންހެނަކަށް ކަމަށާއި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭގެ 11 ޖަހާކަން ހާއިރު ކަމަށެވެ.

އެ އަންހެން މީހާއަށް އައިޖީއެމްއެޗުން ފަރުވާދެމުންދާއިރު އޭނާގެ ހަށިގަނޑުގެ 18 ޕަސެންޓް ފިހިފައިވާ ކަމަށް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން