ރިޔާސީ އިންތިހާބުގައި ކޮންމެ ރައްޔިތެއްގެ ވޯޓުވެސް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕޭން ދަތުރުފުޅެއްގައި ގއ ކޮނޑޭއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޮންމެ ރައްޔިތެއްގެ ވޯޓުވެސް މުހިންމު ކަމަށާއި ރައްޔިތުން ވިސްނަންވީ ސަރުކާރުގެ ސިޔާސަތުތަކާއެކު އެރަށަށް އަންނަމުންދާ ކުރިއެރުންތަކާ މެދުގައި ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ މުޅިރާއްޖެއަށް ހުޅުވާލައިގެން ކޮނޑޭއިން ގޯތި ދިނުމަށް އެރަށު ކައުންސިލުން ނިންމި ނިންމުމަށް ޝުކުރު ދަންނަވާކަމަށެވެ. އެއީ އެ ރަށުގެ މުސްތަޤްބަލާ ގުޅުންހުރި މުހިއްމު ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ބޯވާރޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް މިއަދު ވިދާޅުވީ ކޮނޑޭއަށް ލޯކަލް ޓޫރިޒަމްގައި މުސްތަގުބަލު އެބައޮތްކަމަށެވެ.

ރައީސް ސާލިިހު މިއަދު ވަނީ ކުރިއަށްއޮތް 5 އަހަރު ކޮނޑޭ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރަށުގެ ބަނދަރު ބޮޑުކޮށްދީ، ފަސޭހައިން ލަފާ ފުރޭގޮތް ހައިދިނުމާއި، ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ހައުސިން ޔުނިޓް އެޅުމާއި، ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދިނުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން