ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހުވަދު އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.

އުފާވެރި އަމާން ރާއްޖެ ކެމްޕޭނަށް ރައީސް ހުވަދު އަތޮޅަށް ކުރެއްވި 3 ދުވަހުގެ މި ދަތުރުފުޅުގައިވަނީ، ގދ. ތިނަދޫ ފިޔަވާ ގދ. އަދި ގއ. ގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ދެ އަތޮޅުގެ ގިނަ ރަށްތަކުގައި ހިނގަމުންދާ ގިނަ މަޝްރޫޢުތަކެއް އިފްތިތާހު ކޮށްދެއްވާ އަދި ކުރިޔަށް އޮތް 5 އަހަރު ދުވަހު އެ ދެއަތޮޅުގައި ކުރިޔަށް ގެންދަވާނެ މަޝްރޫޢުތައް އިޢުލާނު ކުރަށްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް މިހާތަނަށް ވަނީ ހއ. ށ. ވ. މ. އަދި ދ. އަތޮޅުގެ ހުރިހާ ރަށަކަށާއި ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ކެންޑިޑޭޓް ނަންބަރަކީ 3 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން