މި އޮގަސްޓް މަހުގެ 15 ގައި މާލެއިން ގޯތި ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނުގައި މިއަދު ނ. ކުޑަފަރީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މާލެއިން ގޯތި ދިނުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށެވެ. އެގޮތުން މިހިނގާ އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފަށާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންނަށް ފުރިހަމަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެމަސައްކަތްތައް ކުރަމުންދަނީ ރަނގަޅަށް ދިރާސާ ކުރުމަށްފަހު ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕްލޭނިން މިނިސްޓްރީން ރޭ ހާމަކޮށްފައިވަނީ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންނަށް މިމަހު ގޯތި ކަނޑާފައި ދޭންފަށާނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ބިންވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 5000 ގޯތި, 10314 މީހަކަށް ލިބޭނެއެވެ.

ގޯތީގެ ބޮޑުމިން ކަނޑައަޅާއިރު، ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓުކަމަށާއި، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރާނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސަންފަ

15-Aug-2023

ޢޯގަސްޓް 15ގައި އެކަން ކުރަން ނިންމީ އިންޑިއާގެ ގައުމީ ދުވަސް ފާހަގަ ކުރަންބާ



ޓްރެންޑިން