އޮގަސްޓް 12 އަކީ މިނިވަންކަމަށްޓަކާ އަޑުއުފުލަން ރައްޔިތުން ކެރިގެން ނިކުތް ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އޭރު އޮތް ސަރުކާރުން އެތައް ބަޔަކު ޖަލުގައި ބަންދުކުރިއެވެ. އަދި އެއީ ފާޅުގައި ސަރުކާރާ ދެކޮޅު ޝުޢޫރު ފާޅުކުރުމަށް ގިނަ ޢަދަދެއްގެ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ ހިންގި ޙަރަކާތްތަކެކެވެ.

އޮގަސްޓް 12 ވަނަ ދުވަހުގެ ހަނދާން އާކުރަށްވަމުން މޫސާ މަނިކު މިއަދު ވިދާޅުވީ ޑިމޮކްރަސީގެ ތާކިހާއަޅައިގެން ހައިވަކަރުއޮޑި ހެދިގެން ފިލާތިބި ބައެއްމީހުނަށް ޙައްޤުތައް ހޯދުމަށް ރައްޔިތުން ކުރި ވަކާލާތު ނޭންގޭނެ ކަމަށެވެ.

“އޮގަސްޓް 12، ތިރީސް އަހަރުގެ ދިގު ވެރިކަމުގައި ފުރަތަމަ ފަހަރަށް މިނިވަންކަމަށްޓަކައި ރައްޔަތުން އަޑުއުފުލަން ކެރިގެން ނުކުމެލި ދުވަސް!” މޫސަ ވިދާޅުވެފައިވެއެވެ.

2004 އޮގަސްޓް 12، 13 ވެގެންދިޔައީ ސަރުކާރުން ދައްކާފައިވާ ބިރު ފަހަނައަޅައި އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގެން ރައްޔިތުން ނިކުމެ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހައްގު ހޯދުމަށް މަސައްކަތް ފެށި ދުވަހަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން