ޖަލުގައި ހުރެވެސް ރައީސް ޔާމީންގެ ކަމަކީ މީހުންނަށް ލަނޑު ދިނުން ކަމަށް ސަރުކާރު ކޯލިޝަނުގެ އެއްބައިވެެރިޔާ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައި ވާއިރު ދާޚިލީ ވަޒީރުކަންވެސް ކުރަށްވާ އިމްރާން ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ވެސް އަދި ޖަލުގައި ހުންނަވައިގެންވެސް ރައީސް ޔާމީން ބައްލަވަނީ އެންމެނަށް ލަނޑުދެވޭތޯ ކަމަށެވެ.

“ޑރ.ވަހީދު މަގުމަތި ކޮށްލެވޭތޯ، ޑރ.ޖަމީލު ކަތި.. ޑރ.މުއިއްޒު ޕާޓީީީން ބޭރުކޮށްލެއްވި. އަދިވެސް އަދިވެސް..” އިމްރާން ވިދާޅުވިއެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ މައްސަލާގައި ޑރ. ވަހީދު ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރަށްވާފައެވެ. ހަމައެއާއެކު ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޑރ. މުޢިއްޒު ވަނީ ޕީޕީއެމް ދޫކުރަށްވައި ޕީއެންސީއަށް ގުޅިވަޑައިގެންފައެވެ.

ހަމައެއާއެކު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޑރ. ޖަމީލް ހަމަޖެއްސެވުމާ ގުޅިގެން ރިޔާސީ ރޭހުން ޑރ. ޖަމީލްވެސް ވަނީ ބޭރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން