ޖުމްހޫރި ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް އަރިއަތޮޅުގައި އޮތް ލޯތްބާއި ތާޢީދުގެ ސަބަބުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ އެޖެންޓް ޢަލީ ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.

ޤާސިމްގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް މީގެ ކުރިން މާމިގިލީގައި ބޭއްވި ޖަލްސާގައި ޢަލީ ވަޙީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީން މި ފަހަރު ރިޔާސީ އިންތިހާބަށް ހުށައަޅަނީ ދިވެހިރާއްޖޭގައި މިވަގުތު ތިބި ވެރިންގެ ތެރެއިން މިގައުމަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްފައި ހުރި ވެރިމީހާކަމަށެވެ.

މާމިގިއްޔަށް ފަހު ދަނގެތީގައި ޢަލީ ވަޙީދު ވިދާޅުވީ ޤާސިމްގެ ރިޔާސީ ކެމްޕޭން ލޯންޗު ކުރުމަށް މާމިގިއްޔަށް ކުރެއްވި ދަތުރުފުޅަށްފަހު އެއަތޮޅު ދަނގެއްޗަށް ދެވުމަކީ އަމިއްލަ ގެޔަށް ދެވުންފަދަ އިހްސާސްއެއް ކުރުވި ކަމެއް ކަމަށެވެ. އެގޮތުން ދަނގެތީގައި ތިއްބެވި ތަފާތު ޕާޓީތަކުގެ ކައުންސިލަރުންނާއި ރައްޔިތުންގެ ހިތުގައި ޤާސިމް އިބްރާހީމަށް އޮތީ ވަރަށް ޚާއްސަ ލޯތްބެއް ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް އޮތް ލޯތްބާއި ތާއީދުން އުންމީދުދަނީ އާވަމުން. އިރާދަފުޅުން އަރިއަތޮޅުން ތަފާތު ދައްކާނެ." ޢަލީ ވަޙީދު ވިދާޅުވިއެވެ.



ޢަލީ ވަޙީދު ވިދާޅުވެފައިވަނީ ޤާސިމަކީ ޕީޕީއެމް ވެރިކަމަށް ގެންނަން ނުކުތުމުން ގައުމީ ބަތަލުގެ ލަގަބު ޕީޕީއެމްއިން ދިން ބޭފުޅެއް ކަމަށާއި، ހަމައެއާއެކު އެއީ ވަތަން އެދޭގޮތަށް އެމްޑީޕީ ވެރިކަމަށް އެންމެ ފުރަތަމަ ގެންނަން ސޮއިއެޅި ފަރާތް ކަމަށެވެ.

އެހެންކަމުން "އެލް-ބޯޑު" ޖެހި ވެރިން ވެރިކަމަށް ނަގަންވީ ސަބަބެއް ނެތްކަމަށް ޢަލީ ވަޙީދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން