ގޭންގުތައް ރޫޅާލައި ރަށުތެރެ އަމާންކުރަށްވާނެ ކަމަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަށްވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ޢުމަރު މިހާރު ވަނީ ކެމްޕޭން ފަށްޓަވާފައެވެ. އެގޮތުން ޑޯ ޓު ޑޯ ޙަރަކާތްތައްވެސް ޢުމަރު ގެންދަވަނީ ހިންގަވަމުންނެވެ.

ޢުމަރުގެ ވަޢުދުނާމާ އިޢުލާނު ކުރަށްވަމުން ގެންދަވާއިރު އުމަރު ވިދާޅުވެފައިވަނީ، ޢުމްރާނީ ތަރައްޤީއަށްވުރެ ޤައުމަށް މިވަގުތު ބޭނުންވަނީ އިޖްތިމާޢީ ހަމަޖެހުން ގެނެސްދޭނެ ވެރިއެއް ކަމަށެވެ. އެގޮތުން އެއާރޕޯޓާއި ބަނދަރާއި ނަރުދަމާއަށްވުރެންވެސް މުހިންމުވަނީ މަސްތުވާތަކެތީގެ ނުރައްކަލުން ދަރިން ސަލާމަތްކުރުން ކަމަށް ޢުމަރު ވިދާޅުވިއެވެ.

އެގޮތުން އޭނާގެ ވެރިކަމެއްގައި ޑްރަގު ވިއްކާ ގޭންގުތައް ރޫޅާލައި ރަށުތެރެ އަމާންކުރަށްވާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.

"ލަކުޑި ގަޑެއްގެ ބަދަލުގަ، ލަކުޑި ގަޑެއް ނުލާތި. ލަކުޑި ގަޑެއްގެ ބަދަލުގައި މިފަހަރު ލާންވާނީ ދަގަޑު ގަޑެއް." ޢުމަރު ވިދާޅުވިއެވެ.



ޢުމަރު ވިދާޅުވެފައިވަނީ މިފަހަރު އިންތިޚާބަށް ކުރިމަތިލެއްވީ ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރުމަށް ނޫން ކަމަށާއި މިއީ ގައުމުގެ މިސްރާބު ބަދަލު ކުރަން ކުރާ މަސައްކަތެއް ކަމަށެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަޖަމީ

16-Aug-2023

ހޯމް މިނިސްޓަރ ކަމުގައި ހުރިއިރު ހުރީ ރޫޅާފަ މިފަސް އަހަރަށް ތުރެ ގޭންގުގެ ބަލާ އޭރުބޮޑު



ޓްރެންޑިން