ރިޔާސީ އިންތިހާބުގައި ވާދަކުރާ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗް ކުރުން މާދަމާ ރޭ އޮންނާނެކަން އެޕާޓީން ހާމަކޮށްފިއެވެ.

ޑިމޮކްރެޓުން ބުނީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ހުސައިން އަމްރުގެ މެނިފެސްޓޯ ލޯންޗް ކުރުމުގެ ރަަސްމިއްޔާތު މާދަމާ ރޭ 20:30 ގައި ސަލްޓަންޕާކުގައި އޮންނާނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ ރާއްޖޭގެ ރަށްތަކަށް ގޮސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށްގެން ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ ބައެއް ބައިތައް އަތޮޅުތެރޭގެ ރަށްރަށުގައި މިހާރުވެސް ލޯންޗު ކޮށްފައިވާއިރު މިދަތުރުތަކުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 7 ލިބިލައްވާފައިވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އަދި ރަނިންމޭޓް އަމްރު އަންނަނީ ކުރީގެ ރައީސް ނަޝީދާއެކު ރަށްރަށުގައި މިހާރުވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންވަމުންނެވެ.

އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ޖަލްސާތައް ވަނީ ބާއްވަވާފައެވެ. ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން