ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ކެމްޕޭނަށް ބޭނުންކުރަމުން ގެންދާ ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައި ގެއްލުން ދީފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެޖަގަހައަށް ވަނީ ގިނަ ޢަދަދަކަށް ކަޅުތެޔޮޖަހާފައެވެ. ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެކަމުގެ ސަބަބުން އެތަނުގައި ހުރި ބެނާފަދަ ތަކެއްޗަށް ވަނީ ބޭނުން ނުކުރެވޭވަރަށް ގެއްލުން ލިބިފައެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ހުރަސްއެޅޭފަދަ ކަމެއް ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހުގެ ދަންވަރު ގދ. މަޑަވެލީގައި އެމްޑީޕީގެ ޖަގަހައެއް ޒީނަތްތެރިކޮށް ޖަލްސާއަށް ތައްޔާރުކޮށްފައިވަނިކޮށް ބަޔަކުވަނީ އެތަނުގައި ހުޅުޖަހައި އަންދާލާފައެވެ.

އެމައްސަލަ ބަލަމުންދާކަމަށް ބުނުން ފިޔަވައި ފުލުހުން އިތުރު އަޕްޑޭޓެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން