މިއަހަރުގެ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މިއަދު ބުނީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާފައިވާ ކަމަށެވެ.

ސްކޫލުތަކުން އިމްތިހާނު ހެދި ދަރިވަރުންނަށް މިއަދު ހެނދުނު ނަތީޖާ ދޫކުރަން ފަށާފައިވާއިރު އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފެށީ މެންދުރު 12:00 އިން ފެށިގެންނެވެ.

އޯލެވެލް އިމްތިހާނުގައި މި އަހަރު 6،106 ދަރިވަރުން ބައިވެރިވި އެވެ.

ޕަބްލިކް އެގްޒަމިނޭޝަނުން ބުނެފައިވަނީ ސެންޓަރުތަކުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށް ކަމަށެވެ. އަދި އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުން ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2023 އޮގަސްޓް 31 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ޑީޕީއީން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން