އެމްޑީޕީން ވަޢުދުވަނީ ވަޢުދު ފުއްދަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގައި އއ.ބޮޑުފުޅަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ވީ ވައުދުތަކާ އަދި މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އިތުރު ދައުރެއް ބޭނުންވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ފަަސް އަހަރުގެ ތެރޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް މަޑު ޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި އެއްފަހަރާ 120 ޕްރޮޖެކްޓް ހިންގުމުގެ ޤާބިލުކަން އެމްޓީސީސީއަށް މިހާރު ހޯދައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ވަޢުދުވަނީ ވަޢުދު ފުއްދުމަށް ކަމަށެވެ. އެގޮތުން 2018 ގައި ވެވަޑައިގެންނެވި ވައުދުތަކުގެ 90 ޕަސެންޓް ވައުދު މިހާރު ހުރީ ފުއްދައި ނިމި ނުވަތަ ނިމުމުގެ މަގުމަތީގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން މިކަމާ ކަންބޮޑުވާނެ. ދެން އައިސް ވާނީ ކޮން ވައުދެއްތޯ؟" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހުރިހާ ޕާޓީއަކުން ވެސް ކުރަމުން އަންނަ އިރު އެހެން އެއްވެސް ޕާޓީއަކަށް މިހާރު އެމްޑީޕީ އާ ގާތް ކޮށްނުލެވޭނެ ކަމަށެވެ. އެއަށްވުރެ އެމްޑީޕީ އޮތީ މާބޮޑަށްވެސް ކުރީގައި ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާރު ވެސް 80،000 އާ ގާތްކުރާ އަދަދަކަށް މެންބަރުން އެމަނިކުފާނުގެ ކޯލިޝަންގައި އެބަތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން