ޤައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ބޮޑު ތިލަދުންމަތިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަތޮޅުތެރެއަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް މިއަދު ދަތުރުފުޅުތައް ފަށާފައިވާއިރު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ހދ. މަކުނުދޫ އަށެވެ. އެރަށުން ޤާސިމަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޤާސިމް ހދ. މަކުނުދޫއަށް ވަޑައިގެންނެވިއިރު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް ޖަމާވެފައިވެއެވެ. މި ދަތުރުގައި އެމަނިކުފާނާއެކު ރަނިންމޭޓް އަމީން އިބްރާހީމާއި އެޕާޓީގެ ލީޑަޝިޕްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގެ ކެމްޕޭން އަތޮޅުތެރޭގައި ފަށާފައިވާއިރު ޤާސިމް ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި މައިގަނޑު ސަބަބަކީ ރާއްޖެއަށް އިޖްތިމާޢީ އިޤްތިޞާދީ އަދި ޢުމްރާނީ ކުރިއެރުން ހޯއްދަވައިދެއްވުން ކަމަށެވެ.



ޤާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޤައުމަށް ފުރިހަމަ މިނިވަންކަމާއި، ރައްޔިތުންނަށް ތަނަވަސްކަމާއި ދުޅަހެޔޮ ދުވަސްތަކެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނެކޭ އެއްފަދައިން ދިވެހި ރައްޔިތުންވެސް އަމިއްލަ ތަނަވަސްކަން ލިބިގެން އުޅޭ މަންޒަރު ދެކެން ބޭނުންވާކަމަށް ޤާސިމް ގެންދަވަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން