އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ޚަތީބުން ޖުއްބާލައިގެން ހުކުރުނަމާދު ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ އުސޫލަށް ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެއުސޫލުގެ މަޤްސަދަކީ ހުކުރު ކުރާ ހުރިހާ ޚަޠީބުންނަކީވެސް އެއްގޮތަކަށް، އެއްމިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަހައްދުގެ ޚަތީބުން އަމަލުކުރި ނަމަވެސް ކުރިއަށް އޮތް ތާންގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އުސޫލުގެ ދަށުން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ޚަތީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން