އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރަކަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އައްޔަނުކުރައްވައިފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް މިއަދު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގެ އެސިސްޓެންޓު މެނޭޖަރަކަށް ރުކުމާ މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.

ޑރ. މުޢިއްޒުގެ ތަރުޖަމާނު ޠަލާލް އިތުރަށް ވިދާޅުވީ ޑރ މުއިއްޒުގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި ތިއްބަވާނީ ރުކުމާގެ އިތުރުން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ކަމަށެވެ.



މުއިއްޒުގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ކެޕްޓަން މުހައްމަދު އަމީނެވެ. އަދި ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ހަމަޖައްސަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން