އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އިޢުލާނުކުރުން ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ވިދާޅުވީ ޑރ. މުޢިއްޒުގެ މެނިފެސްޓޯ ތަޢާރަފްކުރުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ 20:30 ގައި ހުޅުމާލޭ ފޭސް 2 ގައި ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ރައީސް ޔާމީން އަބްދުލް ޤައްޔޫމް ތަރައްޤީ ކުރެއްވި ބިމެކެވެ.

“ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ މެނިފެސްޓޯ އިޢުލާނުކުރުން އޮންނާނީ ހުޅުމާލޭ ފޭސް 2 ބަސް ސްޓޮޕް ކުރިމަތީގައި އޮންނަ ހުސްބިމުގައި.” ޠަލާލް ވިދާޅުވިއެވެ.



ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްގެ ކެމްޕޭން ޙަރަކާތްތައް ފަށާފައިވާއިރު ރައްޔިތުންގެ ބޮޑު ތާޢީދެއް ޑރ. މުޢިއްޒު އާއި ޙުސައިނަށް އަންނަނީ ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން