އެމްޑީޕީ ރޫޅާލުމަށް ރައީސް ނަޝީދަށް ވާގިވެރިވީ މީހުންގެ މަޤްސަދު ޙާސިލުވެފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިއަދު ވިދާޅުވީ އެމްޑީޕީ ރޫޅާލުމަށް ދުރާލާ ރާވައިގެން ރައީސް ނަޝީދަށް ވާގިވެރިވީ މީހުންކުރެ ގިނަމީހުންގެ މަޤްސަދު ޙާސިލުވެފައި ނުވާ ކަމަށެވެ.

އެގޮތުން މިހާރު ފެންނަމުންދަނީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން އެހީވާން ބުނެ ރައީސް ނަޝީދަށް ހުވަފެން ދެއްކުމަށްފަހު އެމީހުން ރައީސް ނަޝީދާ ފެއަށްޖެހޭ މަންޒަރުކަމަށް ރީކޯ ވިދާޅުވިއެވެ.

އަދި އެމީހުން ދަނީ އެހެން ޕާޓީތަކާ ގުޅެމުން ކަމަށާއި އަދި އަނެއްބަޔަކު ތިބީ ހިމޭނުން ކަމަށް ރީކޯ ވިދާޅުވިއެވެ.



2016 ގައި އެމްޑީޕީގެ ލީޑަރޝިޕާދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު އެމްޑީޕީން ވަކިކުރި މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވަނީ ދާދިފަހުންނެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މޫސަ ވިދާޅުވީ އެމްޑީޕީގެ އޮޑި ބަނދެފައިވަނީ އެހާ ފަސޭހައިން ފައްތާލެވޭނެ ގޮތަށް ނޫން ކަމަށެވެ.

ރައީސް ނަޝީދަށް ތާޢީދުކުރަށްވާ ފަރާތްތަކުންވަނީ ‘ދަ ޑިމޮކްރެޓްސް’ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދައި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެ ކެމްޕޭން ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން