ޓެކްސް ކުޑަކުރަން ބައެއް ކެންޑިޑޭޓުން ވަމުން ގެންދަވާ ވަޢުދު ދެކޮޅު ނުޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބުރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ބައެއް ކެންޑިޑޭޓުން ވަނީ ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ކުޑަ ކުރަށްވާނެ ކަމަށާއި ނުވަތަ ޓެކްސް އެއްކޮށް ކަނޑުއްވާލައްވާނެ ކަމަށް ވަޢުދުވެ ވަޑައިގަންނަވަމުންނެވެ.

އެކަމާ ގުޅިގެން ދުންޔާ މިއަދު ވިދާޅުވީ ރާއްޖޭގެ ބޮޑެތި ޕާޓީތަކުން ޓެކްސް ކުޑަ ކުރުމަށް ވަމުންގެންދަނީ ދެކޮޅު ނުޖެހޭ ވަޢުދެއް ކަމަށެވެ. އެގޮތުން އެ ކެންޑިޑޭޓުން ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދަން ފައިސާ ހޯދޭނެ ގޮތެއް ނެތް ކަމަށް ދުންޔާ ވިދާޅުވިއެވެ.

“ބުނަނީ އެއްވެސް މީހަކު އާމްދަނީ ހޯދަން އުޅޭނެ ކަމެއް ނެތޭ. ބުނަނީ ސަރުކާރުން ހުރިހާ ކަމެއް ހިލޭ ކޮށްދޭނަމޭ. ތިވާ ވައުދު ތައް ފުއްދަން ފައިސާ ހޯދޭނެ ގޮތެއް ނެތް.” ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ޓެކްސް ނުނެގުމުން ދަޢުލަތަށް ޢާމްދަނީ ލިބުމަށް އޮންނަ ވަސީލަތެއް ގެއްލިގެންދާ ކަމަށެވެ. އަދި ޢާމްދަނީ ނުލިބުމަކީ ބޭރު ގައުމުތަކަށް ސަލާން ޖަހަން ދާންޖެހޭ ސަބަބެއް ކަމަށްވެސް ދުންޔާ ވިދާޅުވެފައިވެއެވެ.

“ބޭރު ގައުމަކަށް ސަލާން ޖަހަން ދިޔައިމާ ގައުމުގެ މިނިވަންކަން ގެއްލޭނެ!” ދުންޔާ ވިދާޅުވިއެވެ.



ދުންޔާ މިމޭރުމުން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ 8 ކެންޑިޑޭޓުންވެސް ދަނީ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބޭފަދަ ގިނަ ކަންތައްތަކެއް ވަޢުދުތަކުގެ ގޮތުގައި ރައްޔިތުންނަށް ހުށައަޅުއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން