ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ޖަޒީރާ
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ޖަޒީރާ
މާލޭ ރައްޔިތުންނަށް ގޯތި ދޭން ކަނޑައަޅައި ބިން ހިއްކަން ފަށާފައިވާ މާލެއަތޮޅު ގިރާވަރު ފަޅުން 169 ހެކްޓަރުގެ ބިން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިއްކައި ނިންމާނެ ކަމަށް، އެ މަސައްކަތް ކުރާ ކުންފުނިން ބުނެފިއެވެ.

މިމަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ ބޮސްކާލިސްއާއި ސީއެމްސީ ކުންފުންޏާއެވެ. އެފަރާތުން ވަނީ އިއްޔެ މިމަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލައި މަޢުލޫމާތުދީފައެވެ.

ގިރާވަރުފަޅު ހިއްކާ ސަރަހައްދަށް ދިޔަ މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން މި މަޝްރޫޢުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓު މެނޭޖަރު ވިދާޅުވެފައިވަނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވަރަށްބާރަށް ކުރިއަށްދާކަމަށެވެ.

ސަރުކާރުން މިމަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލެ ރައްޔިތުންނަށް 2000 ގޯތި ދެއްވާނެކަމަށެވެ. ގިރާވަރު ފަޅުގެ އިތުރުން ހުޅުމާލެ އާއި ގުޅީފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާރު އަންނަނީ ގޯތި ލިބުނު މީހުންގެ ލިސްޓު ޢިއުލާންކޮށް ގޯތި ލިބޭ ތަން ކަނޑައެޅުމަށް ގުރުއަތުވެސް ނަގަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައީސް އިޢުލާންކުރެއްވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 ބިމާއި، ގުޅީފަޅުން 2000 ބިން އަދި ގިރާވަރު ފަޅު ހިއްކާ އެތަނުން 2000 ގޯއްޗެވެ.

ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމާލާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމައި ބިން ކަނޑައި، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން