މި ޤައުމުގައި އަދިވެސް ތަކުރުން އެބަތިބިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމްގެ ޓްވިޓަރ އެކައުންޓުގައި މިއަދު ޢާއްމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ މި ޤައުމުގައި އަދިވެސް ‘ތަކުރުން’ ތިބިކަން ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ. އެމެސެޖުގައި ޤާސިމް ވަނީ މި ޤައުމު މިވަގުތު އޮތް ޙާލަތު ކަމަށް ދޭހަވާ ލަވައެއް ޙިއްސާކުރަށްވާފައެވެ.

ޤާސިމް ވިދާޅުވެފައިވަނީ އެލަވައަކީ އެމަނިކުފާނުގެ އެކުވެރި މުޙައްމަދު މޫސާ (އުއްޗު) ފޮނުއްވި ލަވައެއް ކަމަށާއި އެލަވަ އުއްޗު އަށް ފޮނުއްވާފައިވަނީ އުއްޗުގެ އެކުވެރިއެއް ކަމަށެވެ. “ބޯކަނޑާލެވިދާނެ އެކަމަކު ބޯ ގުދެއް ނުކުރާނަމޭ” ގެ ނަމުގައި ޤާސިމް ޙިއްސާ ކުރެއްވި ލަވައިގައި ޤައުމުގައި މިވަގުތު ހުރި ގިނަ މައްސަލަތަކެއް ޙިއްސާކުރަށްވާފައިވެއެވެ.

“އަޅުގަނޑަށް މިލަވަ ފޮނުއްވީތީ ވަރަށް ޝުކުރުވެރިވަން.” ޤާސިމް ވިދާޅުވިއެވެ.



ޤާސިމް ވިދާޅުވެފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ލާ ވޯޓުގައި މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ޤާސިމް އަބަދުވެސް މަސައްކަތް ކުރަށްވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި އަމަންއަމާންކަމަށްޓަކައި ކަމަށާއި އެހެންކަމުން މިހާރުގެ ޙާލަތަށް ބަލާއިރު ޤައުމަށްޓަކައި މިނޫން ވެރިކަމެއް ބޭނުންވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު ރައްޔިތުންގެ އަމާންކަމާއި ސިލްމާ ސަލާމާ ރައްކާތެރިކަމާއި ރާއްޖޭގެ މުސްތަގްބަލް މިނިވަންކަން މަތީގައި ބޭއްވުމުގެ މުހިންމުކަމާބެހޭ ގޮތުން ޤާސިމް ގެންދަވަނީ އެމަނިކުފާނުގެ ކެމްޕޭންގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން