އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު އާނިޔާ ނިޔާވުމާ ގުޅިގެން އެޕާޓީން ތައުޒިޔާ ފޮނުވައިފިއެވެ.

އެމްޑީޕީން މިއަދު ބުނެފައިވަނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު އާނިޔާ ނިޔާވުމުގެ ފުން ހިތާމައިގައި އެޕާޓީން ބައިވެރިވާ ކަމަށެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރައްވަމުން ގެންދެވި އާނިޔާ، އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ކުރިމަތިވި ނާކާމިޔާބާ އެކު، "ޕާޓީ ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ އުންމީދު ގެއްލިއްޖެ" ކަމަށް ވިދާޅުވުމަށް ފަހުއެވެ.

އާނިޔާ ނިޔާވެފައިވަނީ ކެންސަރު ބަލީގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ އާނިޔާގެ ފުރާނައަށް ހެޔޮ ރަޙުމަތް ލެއްވުންއެދި ދުޢާ ކުރާކަމަށާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދޭ ކަމަށެވެ.



އާނިޔާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމް އަދާކުރެއްވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ފުރަތަމަ އަހަރުއެވެ. އޭނާ ވަނީ މިނިވަން ނޫހާއި މިނިވަން ރޭޑިއޯ ހިންގުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން