އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އާލާސްކަންފުޅާ އުޅުއްވާތީ ދެތިން ދުވަހަށް މެދުކެނޑުމަށްފަހު އަނެއްކާވެސް އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅު މިއަދު ފައްޓަވަން ނިންމަވައިފިއެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރައްވަމުންދާ 8 ކެންޑިޑޭޓުންގެތެރެއިން މިހާތަނަށް ބަލާއިރު އެންމެ ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަވަނީ ރައީސް ޞާލިޙެވެ. އަދި އެންމެ ގިނަ ޢަދަދެއްގެ ދަތުރުތައް ރަށްރަށަށް ކުރައްވައި ރައްޔިތުނާ އެންމެ ގިނައިން ބައްދަލުކުރެއްވީވެސް މިހާތަނަށް ބަލާއިރު ރައީސް ޞާލިޙެވެ.

މިހާރު ކުރައްވަމުންދާ ކެމްޕެއިން މަސައްކަތްޕުޅަކީ އެމްޑީޕީގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ ތަސައްވަރާއި މެނިފެސްޓޯ ރައްޔިތުން ހުށަހެޅުއްވުމެވެ. މިމަސައްކަތުގައި ދަތުރުފުޅުތަކުގައި އުޅުއްވަނިކޮށް އާލާސްކަންފުޅެއް ޖެހިގެން މެދުކަނޑާލެއްވީ އދ.އަތޮޅަށް ދަތުރުކުރައްވަން ހަމަޖެހިފައި އޮއްވައެވެ.

މިއަދު އަލުން ދަތުރުފުޅުތައް ފެއްޓެވުމަށް މިހާރުވަނީ ނިންމަވާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ފުރަތަމަ ވަޑައިގަންނަވާނީ ބއަތޮލަށެވެ. އެ އަތޮޅުގެ ފުޅަދޫ، ފެހެންދޫ، ގޮއިދޫ، އޭދަަފުށި، ހިތާދޫ، އަދި ތުޅާދުއަށް ވަޑައިގަންނަވަނެއެވެ. ބޮޑު ޖަލްސާ އޮންނާނީ ތުޅާދޫގައެވެ. ބ.އަތޮޅަށްފަހު އަންނަ ބުދަ ދުވަހު ރ.އަތޮޅަށް ވަޑައިގަންނަވާނެކަމަށް މަޢުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން