ޖަމްޢިއްޔާތަކުން ސިޔާސީ މަސައްކަތް ނުކުރުމަށް ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ގޮވާލައްވައިފިއެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަކީ ޕީއެންސީ/ސަލަފްގެ ކެންޑިޑޭޓު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުގެ ޚާރިޖީ ވަޒީރުކަންވެސް ކުރަށްވަމުން ގެންދަވާ އިމްރާން މިއަދު ވިދާޅުވީ މި ރާއްޖެ ހިންގުމަށް މިވަގުތު ކަނޑައެޅިފައިވާ ނިޒާމުގައި ސިޔާސީ މަސައްކަތް ކުރާނީ ސިޔާސީ ޕާޓީތަކުން ކަމަށެވެ.

"ޖަމްޢިއްޔާތަކުން ކުރަންވާނީ ޖަމްޢިއްޔާތަކުން ކުރުމަށް ކަނޑައެޅިފައިވާ ކަންކަން." އިމްރާން ވިދާޅުވިއެވެ.



ދާދިފަހުން ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ބައިވެރިވެފައި ނުވާކަމަށާއި ޑރ. މުޢިއްޒަކީ ޕީއެންސީ އާއި ޞަލަފް ޖަމުޢިއްޔާގެ ބޭފުޅެއް ކަމަށެވެ.

"މިހުރިހާ ދުވަހު ޕީއެންސީ-ސަލަފްގެ ކެންޑިޑޭޓު ހުންނެވީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަކަށް. ޕީޕީއެމް މި އިންތިހާބަކު ބައިވެރި ނުވޭ. އެ ރުކެއް ނެތޭ ކަރުދާސްކޮޅަކު." މާރިޔާ ވިދާޅުވިއެވެ.

ޞަލަފް ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީނަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަށްވާ ގިނަ ޢިލްމުވެރިން ތިއްބަވާ ޖަމްޢިއްޔާއެކެވެ. ހަމައެއާއެކު ދިވެހި ގިނަ ރައްޔިތުންގެ އިތުބާރު އެ ޖަމުޢިއްޔާއިން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން