އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަން ބޭނުން ނުވާތީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެޕާޓީން ވަކިވެވަޑައިގެންފިއެވެ.

މޫސާ ސިރާޖު އެކަން އިއުލާނު ކުރައްވާފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީގައި ސިރާޖު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، މިއަދުން ފެށިގެން އެމްޑީޕީން ވަކިވާ ކަމަށެވެ.

އެމްޑީޕީގައި އުފެދުނު ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއިއެކު ހުންނެވުމަށްފަހު އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު ސިރާޖުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަށްވާކަން ހާމަކުރަށްވާފައެވެ. ނަމަވެސް އޭގެ ފަހުންވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ސިރާޖު ގެންދެވީ ފާޑު ވިދާޅުވަމުންނެވެ.



ސިރާޖު އެމްޑީޕީން ވަކިވެ ވަޑައިގެންފައިވާއިރު އޭނާ ދާދިއަވަހަށް އެހެން ސިޔާސީ ޕާޓީއަކަށް ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން