ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަށްވައި ރިޔާސަތުގެ އަމުރަށް ނުކިޔަމަންތެރިވުމުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ކުރިއަށް ދިޔައީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައިގެ ބަހުސެވެ.

މިއަދުގެ ޖަލްސާގައި މެންބަރު ޝަރީފު އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ މެންބަރު އިބްރާހީމް ޝަރީފަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި މައްސަލައިގައި ބަހުސްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އިބްރާހީމް ޝަރީފު އަނެއްކާވެސް އަޑުގަދަ ކުރަށްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ އިބްރާހީމް ޝަރީފުގެ ނަން އިއްވައި ތަޅުމުން ނިކުތުމަށް އަންގަވާފައެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާވެސް މަޖިލީހުގެ ރައީސް ނިންމަވާލައްވާފައިވަނީ ތަޅުމުގައި މެންބަރުން އަޑުގަދަ ކުރެއްވުމާއި ގުޅިގެން މެންބަރުންގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވުމަށްފަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން