ވަޢުދާމެދު ސުވާލުވެވޭނެ ކަމަށާއި، ނުފުއްދޭނެ ވަޢުދުތައް ނުވުމަށް ޝެއިހް އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ކެންޑިޑޭޓުންދަނީ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވަޢުދުވެ ވަޑައިގަންނަވަމުންނެވެ. އެކަމާ ގުޅިގެން ޒައިދު ވިދާޅުވީ ބައެއް ބޭފުޅުން ވޯޓު ހޯދުމުގެ ބޭނުމުގައި ކަނޑައެޅިގެން ނުފުއްދޭނެކަން ޔަގީންވާ ވަޢުދުތައްވެސް ވަމުންދާ ކަމަށެވެ.

އަދި އެގޮތަށް ކަންތައް ކުރާނަމަ ފަހުން ރައްޔިތުން އެބޭފުޅެއްދެކެ ނަފްރަތު ކުރާނެ ކަމަށާއި ވަޢުދަކީ އެއާމެދު ސުވާލުވެވޭނެ ކަމެއް ކަމަށް ޒައިދު ވިދާޅުވިއެވެ.



އަންނަ ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރަށްވައެވެ. އެއީ ޕާޓީތަކުން ވާދަކުރަށްވާ ފަސް ބޭފުޅަކާއި އަމިއްލަ ގޮތުން ވާދަކުރަށްވާ ތިން ބޭފުޅެކެވެ.

ޕާޓީތަކުން ވާދަކުރައްވާ ބޭފުޅުންނަކީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމު އިބްރާހީމާއި، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމެވެ.

އަމިއްލަ ގޮތުން ވާދަކުރަށްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ފާރިސް މައުމޫންގެ އިތުރުން ހަސަން ޒަމީލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން