އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ އިތުރު 6 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ އިތުރު 6 ކެންޑިޑޭޓަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ 2 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ. މީގެ ކުރިންވެސް ވަނީ އިންތިޚާބަށް ކުރިމަތިލާފައިވާ 9 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައެވެ.

މިއަދު ލޯކަލް ކައުންސިލް އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވާކަމަށް އީސީން އިޢުލާން ކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ 2 ކެނޑިޑޭޓުން ކަމަށްވާ، އައްޑޫ މީދޫ ދާއިރާ އަށް ކުރިމަތިލި ކެންޑިޑޭޓަކާއި، ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ކެނޑިޑޭޓަކާއި، އަމިއްލަ ގޮތުން ވާދަކުރާ ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓަކާއި، ނ. މަގޫދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ކެނޑިޑޭޓަކާއި، ލ. އިސްދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި، ގއ. ނިލަންދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލި ކެނޑިޑޭޓެކެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން ނަގާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ދެ ކެނޑިޑޭޓުންނެވެ. އެއީ ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓަކާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެކެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށެވެ.

ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ނަމަވެސް، އެ ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ކަމުގައި ބަލާނީ، ކޮމިޝަނުން ފޯމުގެ ސައްހަކަން ކަށަވަރުކޮށް، އެ ހުށަހެޅުން ގަބޫލު ކުރުމުންނެވެ.

ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ނަމަވެސް، އެ ކެނޑިޑޭޓު ކުރިމަތިލައިފައިވާ ކައުންސިލް ނުވަތަ ދާއިރާގެ އެހެން ކެނޑިޑޭޓުންގެ ކެނޑިޑޭޓު ނަންބަރުތަކަށް ބަދަލު ނާންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން