އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު އަތޮޅުތަކަށް ކުރައްވަމުން ދާ ދަތުރުފުޅުތަކުގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ތ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރައީސް ޞާލިޙް މިއަދު ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ތ. ވިލިފުއްޓަށެވެ. ވިލިފުއްޓަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޮންމެ ރަށެއްގައިވެސް އެންމެ ފުރަތަމަ އޮންނާނީ ބަނދަރުމަތީގައި ބާއްވާ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ރައީސް ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ޙާލުއަހުވާލު އައްސަވައި ހައްދަވާނެއެވެ. އަދި ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމާއި ރައްޔިތުންގެ ޝަކުވާ ސީދާ ރައީސް އަޑުއައްސަވާނެއެވެ.

މިދަތުރުފުޅުގައި ރައީސްގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ އިތުރުން، އެމަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދަވާފައިވާ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައިވާ ބައެއް މަޝްރޫޢުތަކުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ތ. އަދި ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެ ދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ވިލުފުށި، ދިޔަމިގިލި، ކިނބިދޫ، ހިރިލަންދޫ، އަދި ތިމަރަފުއްޓަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު އެ އަތޮޅުގެ ބާކީ ރަށްތައް ކަަމަށްވާ ގާދިއްފުށި، މަޑިފުއްޓަށް ވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން ލ. އަތޮޅުން އިސްދޫކަލައިދޫ، ދަނބިދޫ، މާބައިދޫ، ގަން، ފޮނަދޫ، މާމެންދޫ، ހިތަދޫ، މާވަށް އަދި މުންޑުއަށް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް މިހާތަނަށް ވަނީ ހއ، ށ، ނ، ރ، ބ، އއ، ވ، މ، ދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

މީގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކަށް ރައީސް ޞާލިޙް ވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން